ވޭތުވެ ދިޔަ 6 އަހަރު ތެރޭ ކެންސަރު ދަފްތަރުގައި ޖުމްލަ 1106 މީހުން ޖެހިފައިވޭ: އެޗްޕީއޭ
ދަޕްރެސް
4 ފެބްރުއަރީ 2026 | ބުދަ | 11:26
ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ދަފްތަރުގައި މިދިޔަ އަހަރު 111 މީހުން ޖެހިފައިވާ އިރު، ވޭތިވެ ދިޔަ 6 އަހަތު ތެރޭ އެ ދަފްތަރުގައި ޖުމްލަ 1106 މީހުން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅުވާ އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ ވޭތުވެ ދިޔަ 6 އަހަރު ކެންސަރު ބަލީގެ ދަފްތަރުގައި އަލަށް ޖެހިފައިވާ މީހުންގެ މައުލޫމާތެވެ. އެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 1106 މީހުން އެ ދަފްތަރުގައި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކެންސަރު ބަލީގެ ދަފްތަރު ބަލަހައްޓަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އާ ކޭސްތައް ދަފްތަރު ވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެ ދިޔަ 6 އަހަރު ތެރޭ އެންމެ ގިނަ ކޭސް ދަފްތަރުވެފައި ވަނީ 2021 އަދި 2022 ވަނަ އަހަރުއެވެ. އެ 6 އަހަރު ތެރޭގައި އެންމެ މަދުން މީުން ދަފްތަރުގައި ޖެހިފައި ވަނީ މިދިޔަ އަހަރުއެވެ.