ހިޔާ 5 ގެ އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިން 148 މީހުން އާންމު ހާލަތަށް ރުޖޫއަވެއްޖެ
ދަޕްރެސް
4 ފެބްރުއަރީ 2026 | ބުދަ | 12:49
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅެމުންދާ ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިން 148 މީހުން އާންމު ދިރިއުޅުމަށް ރުޖޫއަވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 31 އެޕާޓްމަންޓެއްގައި ދިރިއުޅޭ 148 މީހުންނަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ 5 ވަނަ ޓަވަރުގެ 15 ވަނަ ބުރީގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެގެންނެވެ. އެ ތަނުގައި ރޯވި އަލިފާނާ އެކު އެ ވައިގޮޅީގައި ހުރި ފެނާއި ނަރުދަމާގެ ހޮޅިތަކެއް ވަނީ އަނދާފައެވެ.