ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް "ބްލަޑް ޑޮނޭޝަން" ކޭމްޕެއް ބާއްވައިފި

ދަޕްރެސް

4 ފެބްރުއަރީ 2026 | ބުދަ | 4:53

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން "ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް" މިއަދު ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް ގެންދަނިީ އެމްޕީއެލްގެ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ މި ކޭމްޕް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި އެމްބީއެސް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ލޭ އެޕްއާ ގުޅިގެންކަމަށެވެ.

މައުޟޫޢުތަށް