ދަރަނބޫދޫ އަދި ފޭދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ދަޕްރެސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 9:08
ށ. ފޭދޫ އަދި ފ. ދަރަނބޫދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ މަޝްރޫއު މިއަދު އެ ކުންފުންޏާއި ހަވާލުކޮށްފައިވާކަމަށާއި، މި މަޝްރޫއުގެ ދަށުން، 9,320 އަކަފޫޓުގެ ސަރަހައްދެއްގައި 8 ކްލާސްރޫމާއި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.
ފޭދޫ ސުކޫލުގެ މި މަޝްރޫއަކީ 22.09 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފޭދޫ ސްކޫލުގެ ޖާގަ ބޮޑުވެ މިހާރަށްވުރެ ގިނަ ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިއީ ތައުލީމީ ފުރުސަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނޭ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.