މާލެ ސަރަހައްދުގައި ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ދަޕްރެސް
4 ފެބްރުއަރީ 2026 | ބުދަ | 10:06
މާޅެ ސަރަހައްދުގައި ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް ލޯންޗަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.