ދުންމާރި ފުމެ އަޑުގަދަ ކުރުމުން މީކާއިލް އާއި ޒިޔާދުގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ނެރެފި

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 9:57

މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހސެއިން ޒިޔާދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުން ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީ މެންބަރުން ދަނީ އަޑުގަދަކޮށް، ދުންމާރި ފުމެމުންނެވެ.

އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީކާއިލް އާއި ޒިޔާދަށް ނަސޭހަތް ދެއްވުމަށްފަހު ވެސް ތަކުރާރުކޮށް ދުންމާރި ފުމުމުން އެ ދެ މެންބަރުން ވެސް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ. މީގެ އިތުރުން ވެސް އިދިކޮޅު މެންބަރުން ވަނީ ރައީސްގެ އިސްތިއުފާއަށް ގޮވާލައްވާ އެ މެންބަރުން ވަނީ ރައީސްގެ ޕޯޑިއަމް ކައިރިއަށް އެއްވެފައެވެ.

މައުޟޫޢުތަށް