ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އަދި އެސްޑީއެފްގައި 275 މިލިއަން ޑޮލަރު އެބަހުރި

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:19

މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އާމްދަނީ އިތުރު ކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާ އެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުިފޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ހިލޭ އެހީ ވަނީ 2024 އަހަރު ލިބުނު އާމްދަނީ އާއި ހިލޭ އެހީއަށް ބަލާއިރު 12 ޕަސެންޓް އިތުރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސޯދީ ދުވެއްޔަށް އަންނަ ބަދަލުތަކާއެކު މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް