ފޯޅަވަހީގެ މައްސަލައިގައި މިދިޔަ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:24

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުއްވި ސިޓީފުޅު, އަނބުރާ ގެންނަން ދިވެހި ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަމަށެވެ. އެގޮތުން ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން ޖެނުއަރީ 18ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށެވެ.

މައުޟޫޢުތަށް