ކ. ގުޅިފަޅު ކައިރިން ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި 12 މީހުން ސަލާމަތްކޮށްފި
ދަޕްރެސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:12
ކ. ގުޅިފަޅު ކައިރިން ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި ބަޔަކު އެމްއެންޑީއެފްއިން ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ލޯންޗުގައި 9 ފަތުރުވެރީންނާއި، 2 ފަޅުވެރީން ތިބި ކަމަށެވެ.
"ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ މީހުން ކަނޑުވެފައިތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.