ސަރުކާރުން 10 ރިސޯޓު ހަދާ، ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ޖަމާކޮށްދެނީ

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:22

ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ފައިސާއެއް ވެސް ލިބޭނެ މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ.

މި ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި ހަމަޖެހެން ބޭނުންފުޅުވާ ކަމަށެވެ.

މައުޟޫޢުތަށް