ހެކި ގެނެސްދީފިނަމަ ކޮރަޕްޝަން ހިންގާ އެންމެންނަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ދަޕްރެސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:48
ކޮރަޕްޝަނާއި ވައްކަން ހިންގާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމުގައި ގިނަ މަސައްކަތްތައް މި ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުގެ މަތިން މިއަހަރުގެ ފުރަތަމަ ދައުރުގައި އެކަމާ ގުޅޭ ގިނަ ބިލުތަކެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ނިމުމުން، ކޮރަޕްޝަންގެ ވަބާ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ނެތިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.