ހިޔާވަހި ފައިނޭންސިން އަށް ހުށަހެޅި 821 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފި

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 2:55

"ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި ކުރިމަތިލި 2256 ފަރާތްތަކުގެ ތެރެއިން 821 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިން ސްކީމް" އަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ސްކީމްގެ ދަށުން ރަށްވެހި، ސަހަރު އަދި ފަހިމާލެ ލޯނުތަކަށް އެދި ޖުމްލަ 2256 ފޯމު ހުށަހަޅާފައިވާ އިރު، މިހާތަނަށް 821 ފަރާތެއްގެ ފޯމު މިނިސްޓްރީން އެޕްރޫވްކޮށް ބޭންކަށް ވަނީ ފޮނުވާފައި ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެޕްރޫވް ކުރި ލޯނުތަކުގެ ޖުމްލަ އަދަދަކީ 989,617,640.17 ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް