ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފި

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 6:03

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރް މާއޯ ބާއޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ރައީސް ވިދާޅުވި ފަދައިން މިއަދަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.

މައުޟޫޢުތަށް