ރައީސް އިއްވެވީ އަވާމެންދުރެއްފަދަ ރިޔާސީ ބަޔާނެއްކަމަށް ޝާހިދު ވިދާޅުވެއްޖެ

ދަޕްރެސް

6 ފެބްރުއަރީ 2026 | ހުކުރު | 8:48

ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްވެވީ އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލެއްވުމަށްފަހު އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައަކީ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ހެއްދެވުން ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތް އިރު، އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މައުޟޫޢުތަށް