ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ 2 ވަނަ ގައުމީ ފޯރަމް ނިންމާލައިފި

ދަޕްރެސް

6 ފެބްރުއަރީ 2026 | ހުކުރު | 4:31

ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭ 2 ވަނަ ގައުމީ ފޯރަމް ކާމިޔާބު ކަމާ އެކީ ނިންމާލައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި މި މަހުގެ 3 އިން 5 އަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ ރަށްތަކުގެ ކައުންސިލުތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެންޖީއޯތަކާއި ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި އެހެނިހެން ގައުމުތަކުގެ ޑެލިގޭޓުން ހިމެނޭ ގޮތަށް، ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވެފައި ވެއެވެ.

މި ފޯރަމް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި، އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އާއި، އިންޓަނޭޝަނަލް ޔޫނިއަން ފޮ ކޮންޒާވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އާއި އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް (އެމްއާރްއާރް) ގުޅިގެންނެވެ.

މައުޟޫޢުތަށް