ޗާގޯސް މައްސަލައިގައި ހިމެނެނީ މޮރިޝަސް އާއި ޔޫކޭ ކަމަށްބުނެ ޔޫކޭ އިން ވަރުގަދަ ރައްދެއް!
ދަޕްރެސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 4:46
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެ އިނގިރޭސި ވިލާތުން ރައްދު ދީފިއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބަޔާންކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޮގަސްޓް 22، 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.
އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން 2024 ވަނަ އަހަރާއި މިދިޔަ މަހުގެ 18 ގައި ވެސް، ލިޔުމުން އިނގިރޭސި ސަރުކާރަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.