"ބޭބީބިއޯ" ގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި
ދަޕްރެސް
8 ފެބްރުއަރީ 2026 | އާދިއްތަ | 10:17
ފްރާންސްގައި އުފައްދާ "ބޭބީބިއޯ" ގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިގެން، އެ ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާ، ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފުޑް އެންޑް ފީޑުގައި އާންމުކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.