ހައިކޯޓަށް، ކުރީގެ ފަނޑިޔާރު ރައޫފް އާއި ގާޒީ ޝަފީއު އައްޔަން ކުރައްވައިފި

ދަޕްރެސް

8 ފެބްރުއަރީ 2026 | އާދިއްތަ | 11:34

ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރައޫފާއި ޝަފީއު އިއްޔެ މަގާމުގެ ހުވާ ކުރައްވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

މައުޟޫޢުތަށް