ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ވެރިކަންކުރާ އެޗްޓީއެސް ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފި
ދަޕްރެސް
8 ފެބްރުއަރީ 2026 | އާދިއްތަ | 1:55
ދިވެހިން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނި ކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖާކޮށް، ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިއުލާން ކުރައްވަން ޖެހޭ އިރު، އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު، 2019 އިން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގައި އޮތް ޖަމާއަތެކެވެ.
އެ ލިސްޓް ޑިސެމްބަރު، 2024 ގައި އެންމެފަހުން ނެރުނު އިރު ވެސް އެޗްޓީއެސް ޖަމާއަތް ހިމެނޭހެން 20 ޖަމާއަތެއް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފައެވެ.