ރައީސް ޑރ.މުއިއްޒު "ގަޟާއީ އަހަރު 2026" އިފްތިތާހްކޮށް ދެއްވައިފި
ދަޕްރެސް
9 ފެބްރުއަރީ 2026 | ހޯމަ | 11:13
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ގަޟާއީ އަހަރު 2026" އިފްތިތާހްކޮށް ދެއްވައިފިއެވެ.
ހުޅުމާލޭގައި ހުންނަ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ ފަނޑިޔާރުން ތަކްރީމުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގަޟާއީ އަހަރު އިފްތިތާހްކުރުމުގެ ރަސްމިއްޔާތަކީ، އައު ގަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމެވެ. އަދި ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހްތިފާލެކެވެ.