ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދޭން، ރައީސް ހަރުދަނާ ފިޔަވަޅުތައް އެޅުއްވި: އުއްތަމަ ފަނޑިޔާރު

ދަޕްރެސް

9 ފެބްރުއަރީ 2026 | ހޯމަ | 11:12

ޝަރުއީ ކޯޓުތަކުގެ ހުރިހައި ފަނޑިޔާރުން އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު ކެނޑިނޭޅި އަދާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ނުދެވި ދިގު މާޒީއެއް ފާއިތުވުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް، ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ މިނިވަން، މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވަމުން އަބްދުލްޣަނީ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމު ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުލްޣަނީ ވިދާޅުވީ ޝަރުއީ ދާއިރާގައި ކުރިމަތިވި ހުރަސްތައް ރައީސްގެ ސަމާލުކަމަށް ގެނައުމުން މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެމަނިކުފާނު އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް އެ ދާއިރާގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވާ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް