މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުން ކުރިއަށްދަނީ މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް!
ދަޕްރެސް
9 ފެބްރުއަރީ 2026 | ހޯމަ | 2:31
ރޯދަ ހަދިޔާގެ ގޮތުގައި ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓާ މާލެ ސަރަހައްދު ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން ބުނެފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އަށް ހަމަވާއިރު މިހާތަނަށް މާލެ ސަރަހައްދުގައި 43،923 މަސް ދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.