ކުރިއަށް އޮތް ހަތަރު ދުވަހުވެސް، ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވާނެ: މެޓް
ދަޕްރެސް
9 ފެބްރުއަރީ 2026 | ހޯމަ | 2:46
ކުރިއަށް އޮތް ހަތަރު ދުވަހުވެސް، ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި ދެކުނަށް ދުންފުހުގެ އަސަރު ކުރަމުން އަންނަކަމަށާއި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށްވުރެ ދަށުން ރިޕޯޓްކޮށްފައިވާކަމަށެވެ.
މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.