މާލޭގެ ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތުގެ 87 ޕަސެންޓު މަސައްކަތް ނިންމާލައިފި

ދަޕްރެސް

9 ފެބްރުއަރީ 2026 | ހޯމަ | 8:12

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ޖުމްލަ 87 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަދި ހަމަ އެހެންމެ މަގުގެ ސަބް-ބޭސްގެ މަސައްކަތްތައް މުޅިން ނިމިފައިވާއިރު، އޭބީސީ () ފަށަލަ އެޅުމުގެ 80 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ ހުރިހާ މަސައްކަތެއް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.

މައުޟޫޢުތަށް