ގޭސް ހުހެއް ނުވޭ، އަންނަ ހަފްތާ ތެރޭ 10 ކިލޯގެ ގޭސް ފުޅި ފޯރުކޮށްދޭން ފަށާނަން: އެސްޓީއޯ

ދަޕްރެސް

10 ފެބްރުއަރީ 2026 | އަންގާރަ | 8:05

ކައްކަން ބޭނުންކުރާ ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް އަންނަ ހަފްތާ ތެރޭގައި މޯލްޑިވް ގޭހުން ވިއްކަމުންދިޔަ 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައި އަށް އައި "ލޮޅުންތަކަކާ" ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ވިއްކަނީ ހަތް ކިލޯގެ ގޭސްފުޅިއެވެ. ރޯދަ މަސް ފެށެން ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި ގޭހުގެ ސަޕްލައި މަދުވެ ގޭސްވިއްކުމަށް ގެނެސްފައިވާ މި ބަދަލާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މި ކަމާ ގުުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، ގޭހުގެ ސަޕްލައި އަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެ އަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން "ރޭޝަން" ކޮށްގެން ނުވަތަ "ކޮންޓްރޯލްކޮށް" ގޭސް ވިއްކުމަކީ ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އަންނަ ހަފުތާގައި އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް