ދެ އިންތިހާބު އެއްކޮލުމުގެ ބަހުސް ހޫނުވެ، އެމްޑީޕީ މެންބަރުންގެ ނަން އިއްވާ ތަޅުމުން ނެރެފި
ދަޕްރެސް
10 ފެބްރުއަރީ 2026 | އަންގާރަ | 12:09
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލުގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ރިފަރެންޑަމް ބާއްވާނީ ކަމަށް ކަނޑައަޅައި، ކޮމިޓީން އެ ބިލު ނިންމި ގޮތުގެ ރިޕޯޓް އިއްވާފައެވެ.
މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ފެށުމާ އެކު ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ނުރުހުންފާޅުކުރަން ފަށާފައެވެ. އަދި މަޖިލީހުގެ ގަަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ އިއްވެވީ އޭނާގެ ނަމެވެ.