ގޭސް ގަތުމުގައި ހިޔާނާތް ހިންގި މައްސަލައިގައި، މައުލޫމާތު ސާފުކުރަނީ!
ދަޕްރެސް
10 ފެބްރުއަރީ 2026 | އަންގާރަ | 3:11
މޯލްޑިވް ގޭހުން، ގޭސް ގަތުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް، އެސްޓީއޯ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިއަދު އޮތް އެސްއޯއީ ކޮމެޓީގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އެސްޓީއޯ އިން މައުލޫމާތު ސާފުކުރަން ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
ގޭސް ގަތުމުގެ މަސައްކަތް ވެސް މިހާރު ކުރަނީ އެސްޓީއޯ އިން ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިކަމާއި ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ އެސްޓިއޯ އިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން މި ހުށަހެޅުމަށް ތާއިދުކޮށް ކޮމެޓީންވަނީ އެ މައްސަލާގައި ލިޔުމުން މައުލޫމާތު ސާފުކުރުމަށް ފާސްކޮށްފައެވެ.