ރާއްޖޭގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ނަތީޖާ ހުރީ ކަންބޮޑުވާންޖެހޭ މިންވަރަށް: ޓްރާންސްޕޭރަންސީ

ދަޕްރެސް

10 ފެބްރުއަރީ 2026 | އަންގާރަ | 4:27

ރާއްޖޭގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަށް ދަށުގައި ކަމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ސީޕީއައި 2025 ގައި ރާއްޖެއަށް ލިބުނު ނަތީޖާއާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ނަތީޖާ އިން ދައްކަނީ ގަވަނަންސް އަދި ޒިންމާދާރު ކުރުވުމުގައި ހުރަސްތަކެއް ހުރިކަން ކަމަށެވެ. ދިވެހިރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ ފަދަ ދަށް މިންވަރެއްގައި ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

މިއިން ދޭހަވަނީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަން ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެއެވެ. މި ނަތީޖާއާއެކު، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމާއި ގާނޫނުތަކަށާއި އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ވެސް ބުނެފައި ވެއެވެ.

މައުޟޫޢުތަށް