ޖަރުމަނުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދަޕްރެސް

10 ފެބްރުއަރީ 2026 | އަންގާރަ | 6:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑް ޓޭބަލްގައި، ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބާލިންގައެވެ.

އެގޮތުން، މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑް ޓޭބަލްގެ ބައްދަލުވުން ކުރިއަށްގެންދިޔަ މަރުކަޒުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ޖާމަން ޗެމްބާ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރައިއާ އާއި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗް ގެ ސީއީއޯ ގުންތާ މުލް އެވެ.

މައުޟޫޢުތަށް