ނީލަމުގައި ވިއްކަން ހުޅުވާލީ ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް: ފުލުހުން

ދަޕްރެސް

10 ފެބްރުއަރީ 2026 | އަންގާރަ | 8:17

ނީލަމުގައި އިއްޔެ ވިއްކަން އިއުލާންކޮށްފައި ވަނީ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހިޔާނާތާ ގުޅޭ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގުކުރިއިރު އެތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައުޟޫޢުތަށް