ބޯހިޔާވަހިކަން އެންމެންނަށް: ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3651 ފޯމް ހުށަހަޅައިފި

ދަޕްރެސް

11 ފެބްރުއަރީ 2026 | ބުދަ | 9:55

ސަރުކާރުން ހުޅުވާލާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން މިހާތަނަށް 3600 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސްކީމްގެ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވަމުން މުއްތަލިބް ވިދާޅުވީ، މި ސްކީމަށް މިހާތަނަށް 3651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 10،000 ވަރަކަށް އެޕްލިކޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ހުށަހަޅާފައިވާ ފޯމްތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ހުށަހަޅާފައި ވަނީ ފްލެޓަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މައުޟޫޢުތަށް