ތޮއްޑޫއަށް ސީޕްލޭން ހިދުމަތް ފަށަން މޯލްޑިވިއަން އިން ތައްޔާރު ވެއްޖެ
ދަޕްރެސް
11 ފެބްރުއަރީ 2026 | ބުދަ | 10:14
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފުލާކުރުމުގެ ގޮތުން ސީ ޕްލޭން ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ތޮއްޑޫ އަށް އެ ހިދުމަތް މާދަމާ ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރު ވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރައީސް ވެވަޑައިގެން ވައުދުފުޅުތަކާ އެއްގޮތަށް އެމަނިކުފާނު ފާހަގަކުރައްވާފައިވާ ތާރީހުތަކާ އެއްގޮތަށް ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަަމަށެވެ.
ދާ ދި ފަހުން ވެލިދޫއަށް އެ ހިދުމަތް ފެށިކަން ފާހަގަ ކުރައްވަމުން އަލީ ސަލީމް ވިދާޅުވީ، މި މަހުގެ 12 ވަނަ ދުވަހު އެ ހިދުމަތް ތޮއްޑޫއަށް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.