5 ކިލޯގެ ޑައިމޯފިން އެތެރެކުރި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ދަޕްރެސް

11 ފެބްރުއަރީ 2026 | ބުދަ | 2:27

ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުލްލަތީފް ބަލޮޗް، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން، އޭނާގެ ނަން މަތީ އޮތް ދަބަހަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.

ބަލޮޗް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައި ވަނީ މާޗް 12، 2024 ގައި ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެ އައި އިރު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން ދަބަހެއްގައެވެ. އެދުވަހު އޭނާގެ ލަގެޖަކާ އެކު ކަސްޓަމްސްގެ ރެޑް ޗެނަލްއަށް އަމިއްލައަށް ދިޔަ އިރު، ދެ ދަބަސް ޗެކިން ކޮށްފައި އޮތް ނަމަވެސް، އޭނާ ނަގާފައިވަނީ އެންމެ ދަބަހެކެވެ.

މައުޟޫޢުތަށް