އެސްއެމްއީ ޑިޖިޓަލް އިން، ގެސްޓް ހައުސްތަކަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދެނީ
ދަޕްރެސް
11 ފެބްރުއަރީ 2026 | ބުދަ | 7:06
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިން ލިމިޓުން 10 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ފައިނޭންސިންއެއް ތައާރަފްކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިއަދު ވަނީ ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން 'ގެސްޓްހައުސް ފައިނޭންސިންގް' އަދި 'ގެސްޓްރޫމް ފައިނޭންސިންގް' ގެ ނަމުގައި ދެ ޕްރޮޑަކްޓެއް ތައާރަފްކޮށްފައެވެ.
މިއީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފްކުރި ޕްރޮޑަކްޓުތަކެއް ކަމަށް ވެއެވެ.