ހިޔާ ފްލެޓް ސަރަހައްދުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއަކު އަތުލައިގެންފި

ދަޕްރެސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 10:59

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ޖެހި ރެއިޑުގައި 10 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ. އޭގެތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 10 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް އިމިގްރޭޝަން އިން ބުނެއެވެ.

މައުޟޫޢުތަށް