ދެ ގައިދީންގެ މަރުގެ ތަހުގީގަށް، އޮޓޮޕްސީ ހަދަން ފޮނުވާލައިފި

ދަޕްރެސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 1:15

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އެއް ދުވަހެއްގައި ޖަލުގައި މަރުވި ދެ ގައިދީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް، އެ ދެ މީހުންގެ އޮޓޮޕްސީ ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.

ހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައި ހުއްޓާ މި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ މަރުވީ ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް (53އ)އެވެ. އެ ދުވަހު ދެ ވަނައަށް މަރުވީ، ސ.ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު، (45އ)އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން، އެ ދެ މީހުންގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

މައުޟޫޢުތަށް