މާލެއިން، ކުޅުދުއްފުއްޓަށް ގޮސް އޭބީ ނެގެޓިވް ލޭ ދެވޭނެ 4 މީހަކު ހޯދަނީ
ދަޕްރެސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 2:00
ޑެންގީ ޖެހިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހަކަށް އޭބީ ނެގެޓިވް ލޭ ބޭނުންވާތީ އެ ގްރޫޕްގެ ލޭ ހުރި 4 މީހަކު ހޯދަން އާންމުންގެ އެހީއަށް އެދެފިއެވެ.
ލޭ ހޯދަމުން ދަނީ ޑެންގީ ޖެހިގެން ހާލު ބޮޑުވެގެން ފަރުވާދެމުން އަންނަނީ ހދ. ނޮޅިވަރަންފަރުގެ، 43 އަހަރުގެ މީހަކަށެވެ. އޭބީ ނެގެޓިވް ލޭ ލިބޭތޯ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށް ކުރި މަސައްކަތުން މިހާތަނަށް ފަސް މީހެއްގެ ގައިން ވަނީ ލޭ ލިބިފައެވެ.
އަދިވެސް ބަލިމީހާއަށް އިތުރަށް ލޭ ބޭނުންވާތީ ޕޮލިހުންނާ، އެމްއެންޑީއެފްގެ އިތުރުން ކައުންސިލާއި ރައްޓެހިންނަށް ގުޅައިގެން، އެ ރަށްތަކުގައި ލޭ ދެވޭނެ މީހެއް ހުރިތޯ ބަލާފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިވަގުތު ލޭ ބޭނުން ނުވި ނަމަވެސް ހަތަރު ޑޯނަރުން ހޯދާފައި ބެހެއްޓުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.