ރަސްމާލެ ހިއްކުމުގެ މަޝްރޫއު: 116 ހެކްޓަރު ހިއްކައި ނިމިއްޖެ
ދަޕްރެސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 5:10
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވަނީ 137.5 ހެކްޓަރު ކަމަށާއި އޭގެ ތެރެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ސައިޓް އޭގެ ހިއްކަން އޮތް ސަރަހައްދުގެ 84.36 ޕަސެންޓް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނާ ގޮތުގައި، ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޯން ބޭނުން ކޮށްގެންނެވެ.