ކައުންސިލް އިންތިހާބު: ޝަރުތު ހަވަމި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުވަތު ލައިފި

ދަޕްރެސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 4:56

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުވަތު ލައިފިއެވެ.

މި އިންތިހާބުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް މިއަދު 10:00 ގައި ގުރުވަތު ލާފައިވާއިރު، ގުރުއަތުނެގުން މާލެ ސިޓީގައި ބާއްވާފައިވަނީ އިންތިހާބާ ބެހޭ މަރުކަޒުގައެވެ. މާލޭގެ އިތުރުން ސިޓީތަކާއި އެހެނިހެން ރަށްތަކުގައިވެސް ގުރުއަތުލުން އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު ގުރުއަތު ނެގުން ކުރިއަށްދިޔައީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައެޅި ތަންތަނުގައެވެ.

ކައުންސިލް އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާއެކު މިއަދަދު ވަނީ 2927 އަށް ދަށްވެފައެވެ.

މައުޟޫޢުތަށް