އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަނީ މުލު ރޯދައިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް
ދަޕްރެސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 7:05
މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މުލު ރޯދަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށް މޯލްޑިސް ޒަކާތު ހައުސް އިން ބުނެފިއެވެ.
ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާ އާއި، ތިމާ ހަރަދު ކުރަން ޖެހޭ މީހުން، އީދު ވިލޭރެ އާއި، އީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ހަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމައުގެ ފަގީރުންނަށް ދިނުން، ފަރުޟު ކޮށްފައިވާ އެއްޗެކެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވެއެވެ.