ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް: ހައްޖަށް ދެވޭ 10 ފަރާތް ހޮވައިފި
ދަޕްރެސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 2:24
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވިފައިވަނީ
މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެން ގޮސްފައިވާއިރު މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުނެވެ. އަދި އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުން ދިޔަ ކަސްޓަމަރުންވެސް ވަނީ މި ޕްރޮމޯޝަނުގައި ހިމަނާފައެވެ.