މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2026 މިއަހަަރު ފަހުކޮޅު ބާއްވަން ނިންމައިފި

ދަޕްރެސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 4:27

"މޯލްޑިވްސް ސްޕޯޓްސް އެވޮޑް 2026" މިއަހަރު ފަހުކޮޅުގައި ބާވަން ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ސްޕޯތްސް އެވޮޑް ދިނުމަށް މިދިޔަ އަހަރު ބާއްވަން ހަމަޖައްސައި ފަސް ވަމުން އައި އެވޯޑް ހަފްލާ މާދަމާ ބާއްވާކަން ހާމަކުރަމުން ކުރި ޕޯސްޓެއްގައެވެ.

އެ މިނިސްޓްރީން ބުނީ، މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ގައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާއެއް ކަމަށެވެ. އެ ހަފްލާ 2025 ގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކި ސަބަބުތަކާ ހުރެ މި އަހަރަށް ފަސްކުރަން ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.

މައުޟޫޢުތަށް