އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް، ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވެގެން ނޫން: މަހްލޫފް

ދަޕްރެސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 9:10

މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނިފައިވަނީ އޭނާއަކީ މޮޅު ޓީޓީ ކުޅުންތެރިއަކަށް ވުމުން ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، މި އެވޯޑަށް އުމައިރުގެ ނަން ނޮމިނޭތްވެފައިވުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ. މިއީ ރައިސް ކަން ކުރައްވާ ބޭފުޅެއްގެ ދަރިކަލުން މިފަދަ އެވޯޑަކަށް ނޮމިނޭޓްވެފައިވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅިގެން މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. 2024 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި އެއީ އެމްޑީޕީގެ ވެރިކަމުގައި ހިންގި އަރުތަ ޕްރޮގްރާމްގައި ހިމެނުނު އެތުލީޓެއް ކަން ވެސް މަހްލޫފް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް