މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ ދެމި އޮންނާނެ: ހަލީލް
ދަޕްރެސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 10:34
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އިން ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިހެން ވިދާޅުވެފައި މި ވަނީ ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އާއި ރޮބާޓް ބޯޝް ޝްޓިފްޓުން އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
"ރައިޒިން ސީސް، ރައިޒިން ރިސްކްސް: ހައު ޓު ރެސްޕޮންޑް ޓު ދަ މަލްޓިޑައިމެންޝަނަލް ސެކިއުރިޓީ ޗެލެންޖަސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގެ ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.