އުމައިރުއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ފެތުރުން ހުއްޓާލާ: އާއިލާ
ދަޕްރެސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 10:59
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރުއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދެއްކުން ހުއްޓާލުމަށް އާއިލާއިން އެދިއްޖެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނިފައި ވުމުން އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔައި ނުރުހުމުގެ ބަސްތައް އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އެ އާއިލާގެ ބޭފުޅެއް ކަމަށް ވާ ޑރ. މުއިއްޒުގެ ބޭބޭފުޅު އަދި ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އިގްބާލް އާދަމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށްވީ ކޮން ގޮތަކުންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އުމުރުން 17 އަހަރު ވެސް ނުފުރޭ އުމައިރުއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިގްބާލް ވަނީ ގޮވާލައްވާފައެވެ.