ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި
ދަޕްރެސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 11:11
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އެ ގޮތުން އެމީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.