ސިވިލް ސާވަންޓުންގެ މަސައްކަތު ގަޑިއަށް ލުއިތަކެއް ދެނީ
ދަޕްރެސް
15 ފެބްރުއަރީ 2026 | އާދިއްތަ | 10:08
ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގައި މުޖްތާޒު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ބައެއް މުވައްޒަފުންނަށް ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އޮފީހަށް ސީދާ ގަޑިއަށް އައުމުގައި ތަކުލީފުތަކެއް ދިމާވަމުންދާ ކަން ފާހަގަކޮށް މުޖްތާޒު ވިދާޅުވީ ބައެއް މުވައްޒަފުންނަށް ދިމާވާ އެކި ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ގިނަ މުވައްޒަފުންގެ އެދުމެއްކަމަށެވެ