ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބު: ރީ ރަޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވާނެ!
ދަޕްރެސް
15 ފެބްރުއަރީ 2026 | އާދިއްތަ | 10:11
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމުގެ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ވޯޓުލާތަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 10ވަނަ ދުވަހުއެވެ. އެ މުއްދަތު މާދަމާ މެންދުރު 15:00 އާ ހަމަށް ހަމަވާއިރު މިއީ ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަން އީސީން ވަނީ ހާމަކޮށްފައެވެ.
މި އިންތިހާބުގައި ވޯޓުލުމަށް، ރީ ރަޖިސްޓްރީކުރުމަށް ސިޔާސީ ޕާޓީތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ވޯޓުލާ މަރުކަޒާއި ވޯޓު ފޮށީގެ މައުލޫމާތު މިހާރު ފަސޭހައިން ބަލައިލެވޭނެއެވެ. އެގޮތުން، ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީ ކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް އާދައިގެ މެސެޖެއް ކޮށްލުމުން އެމީހަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މަރުކަޒުގެ މައުލޫމާތު އެނގޭނެއެވެ.