ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި އަކީ 9:00 އިން 13:00 އަށް

ދަޕްރެސް

15 ފެބްރުއަރީ 2026 | އާދިއްތަ | 1:50

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ރޯދަ މަހު ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގެ ރަސްމީ މަސައްކަތް ގަޑި އާންމު ކުރަމުން ބުނީ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް، މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި، އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރެފައި ވަނީ މާޗް 6، 2022 ގައެވެ.

މައުޟޫޢުތަށް