ޕޮލިސް ކޮމިޝަނަރުކަމުން ރިޓަޔާކުރައްވަން ނަވީން ނިންމަވައިފި
ދަޕްރެސް
15 ފެބްރުއަރީ 2026 | އާދިއްތަ | 4:09
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
ނަވީން ރިޓަޔާ ކުރައްވަން ނިންމަވާފައިވާއިރު ރިޓަޔާ ކުރައްވާ ސަބަބެއް އަދި ރިޓަޔާ ކުރައްވާ ދުވަހެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވީން ރިޓަޔާ ކުރައްވަން ނިންމަވާ ރަސްމީކޮށް މިއަދު ވަނީ ސިޓީ ފޮނުއްވާފައެވެ.
ނަވީން ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރު އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.